ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން އަވަހާރަކޮށްލާނެކަމުގެ ބިރުދައްކާ މެސެޖުތަކެއް ފޮނުވައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ ބިލަށް ވޯޓު ދެއްވައިފިނަމަ ވޯޓު ދެއްވި މެންބަރުން އަވަހާރަކޮށްލާނެ ކަމަށް ބުނެ މެންބަރުންނަށް އިންޒާރުގެ މެސެޖްތަކެއް ފޮނުވަން ފަށައިފިއެވެ.

މިއަދު މި ފޮނުވި މެސެޖްގައި ވަނީ “ޓެރަރިޒަމްގެ ބިލަށް ވޯޓު ނުދޭތި، މަރާލާނަން.” ކަމަށެވެ.

މިހާތަނަށް މި މެސެޖް ލިބިފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދަށާއި، މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އަށާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އަށާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށެވެ.