ސެޕްޓެމްބަރ މަހު 11 ގައި ބޮޑު މުޒާހަރާ އަކަށް

CN-eOtIUwAAD7rU

މި މަހުގެ 11 ވަނަ ދުވަހު މުޅި ރާއްޖޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުން ދާ ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.

އެމްޑީޕީން މިއަދު ފުވައްމުލަކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ މި މުޒަހަރާއަކީ ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އެމްޑީޕީން އިންތިޒާމް ކުރާ ހަރަކާތެއްކަމަށެވެ.

އަދި މިމުޒާހަރާގައި ހުރިހާ ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް ގޮވާލާނެކަމަށާއި މުޒާހަރާއާއި ގުޅެން ބޭނުންވާ އެހެން ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާރޕާސަން އަލީ ނިޔާޒު ވިދާޅުވީ މާލޭގައި މުޒާހަރާތައް ބޭއްވުމުގެ ބަދަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ބާއްވާނެކަމަށެވެ. އަދި މުޒާހަރާގެ ކަންކަން ކުރިއަށްގެންދާނެ ވަކި ގޮތްތަކެއް ރާވާނީ ޕާޓީގެ ގައުމީ މަޖިލީހުން ކަމަށާއި އެއްވަގުތެއްގައި ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި މުޒާހަރާ ކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.