ބައިނަލްއަޤްވާމީގުޅުންތަާއި ބެހޭ ކޮމިޓީގެ ވަފްދެއް ލަންކާއަށް

މިއަދު ހެނދުނު ސްރީލަންކާއަށް ފުރާވަޑައިގަތީ އެމްޑީޕީގެ ބައިނަލްއަޤްވާމީ ގުޅުންތަކާއިބެހޭ ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބުދުﷲ ޝާހިދާއި އެކޮމެޓީގެ މެމްބަރު އަހުމަދު ތަސްމީން އަލީ އާއި ރައީސް މުޙައްމަދު ނަޝީދުގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް ހަސަން ލަތީފު އެވެ.

ރައީސް މުހައްމަދު ނަޝީދު ގޭބަންދަށް ބަދަލުކުރުމަށް ފަހު އަނބުރާ ޖަލަށް ގެންދިއުމާއި ރާއްޖޭގެ މިހާރުގެ ސިޔާސީމަސްރަހާއި ގުޅޭ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ހިއްސާކުރުމަށާއި އަދި ލައިލާ އަލީ މިރޭ ފުލުސް އޮފީހަށް ހާޒިރު ކުރުމަށް އަންގާފައި ވުމުން މި މައުލޫމާތުވެސް ބޭރުގެ ފަރާތްތަކާއި ހިއްާސާކުރާނެއެވެ.