އެމްޑީޕީން ސަރުކާރާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް ރޭ ޤައުމީ މަޖިލިހުން ފާސްކޮށްފި

medium_65457

ރޭ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ މަޖިލުގެ ކުއްލި ބައްދަލުވުމުގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އެމްޑީޕީ އެމްޑީޕީގެ ގޮތުގައި ނިކުންނަށް ވެއްޖެ ކަމަށެވެ. ރޭގެ ޖަލްސާގައި މިހާރު ކުރިއަށް ދަމުންދިޔަ ސުލްހައިގެ ވާހަކަތަށް ހުއްޓާލުމަށް ވެސް ވަނީ ނިންމާފައެވެ.

ސަރުކާރާ އެކު އިތުރަށް މަޝްވަރާ ނުކުރަން ފާސްކޮށްފައި ވަނީ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.