އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2015

MDP/2015/076
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2015

މި ޕާޓީގެ ދާއިރާތަކަށް މެންބަރުން އިންތިޚާބުވެފައިވާ ދައުރު 1 އޮކްޓޫބަރ 2015 އަށް ހަމަވާތީވެ ޕާޓީގެ އެތެރޭގެ އިންތިޚާބް 17 – 24 އޮކްޓޯބަރ 2015 އަށް ބޭއްވުމަށް މިޕާޓީގެ އިންތިހާބާއިބެހޭ ކޮމިޓީން ވަނީނިންމައިފައެވެ.
ވީމާ ތިރީގައި މިދަންނަވާ މަޤާމްތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަޤާމަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު މިޕާޓީގެ ސެކްރެޓޭރިއަޓަށް 17 ސެޕްޓެމްބަރ 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
މި މަގާމުތަކަށް ކުރިމަތިލެވޭނީ މިއަދު (23 އޮގަސްޓް 2015 ) ގެ ނިޔަލަށް މި ޕާޓީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށެވެ. އަދި މި އިންތިހަބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީވެސް މިއަދުގެ ނިޔަލަށް މިޕާޓީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއެގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށެވެ.

7 ޕްރޮވިންސް އަދި 2 ސިޓީގެ
1- ރައީސް
2- ނާއިބު ރައީސް

ރައްޔިތުންގެ މަޖިލިސް އަށް މެންބަރުން އިންތިޚާބުކުރާ 85 ދާއިރާގެ
1. ރައީސް
2. ނާއިބުރައީސް
3. ސެކްރެޓަރީ
4. ސެކްރެޓަރީގެ ނާއިބު
5. މައުލޫމާތާ އިސްތިހާރާ އާއްމު އެންގުންތަކާ ބެހޭ ސެކްރެޓަރީ
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.
23 އޮގަސްޓް 2015

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް

ތާއީދު ފޯމް