އިނގިރޭސި ބޮޑުވަޒީރު ކެމަރަން އެމް.ޑީޕީގެ ޗެއާރޕާރސަންއަށް ޝުކުރު އަދާކުރައްވާ ސިޓީ ފުޅެއް ފޮނުއްވައިފި

david-cameron_1735615c

ނިމިދިޔަ މޭ މަހުގެ 7 ވަނަ ދުވަހު ބޭއްވުނު އިނގިރޭސި ވިލާތުގެ އާންމު އިންތިޙާބުގައި ކޮންސަވޭޓިވް ޕާޓީ ހޯދެއްވި ބޮޑު އަޢްލަބިއްޔަތަށް މަރުހަބާ ދަންނަވާ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ޑެވިޑް ކެމެރަންގެ އަރިހަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާރޕާރސަން އަލީ ވަހީދު ފޮނުއްވެވި ތަހުނިޔާގެ ސިޓީގެ ރައްދުގައި ބޮޑުވަޒީރު ޑޭވިޑް ކެމެރަން ޗެއާރޕާރސަން އަލީ ވަހީދަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

އެމަނިކުފާނުގެ ސިޓީފުޅުގައި އެމްޑީޕީގެ ޗެއާރޕާރސަން އަލީ ވަހީދުގެ ތަހުނިޔާގެ މެސެޖް ލިބިވަޑައިގަތީ ނުހަނު އުފަލާއި އެކު ކަމަށާއި ކޮންސަރވޭޓީވް ޕާޓީން އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންގެ
ހައްޤުތަކާއި އަސާސްތައް ދެމެހެއްޓުމަށްކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ވެސް އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތްކަމުގައެވެ.