ރޭ އެމްޑީޕީ ހަރުގޭގައި ކުރިއަށް ދިޔަ މި ވޯކްޝޮޕްގައި މާލޭ ދާއިރާއަށް ނިސްބަތްވާ ޕާޓީގެ ގިނަ މެމްބަރުންގެ އިތުރުން ޕާޓީގެ އިސްވެރިންނާއި މާލޭ ދާއިރާގެ ރައީސް އަކްރަމް ކަމާލުންދީން ވެސް
ބައިވެރިވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މާލޭ ދާއިރާ އަށް އޮތް ގޮންޖެހުންހުންތައް ހޯދާ ޕާޓީ އިތުރަށް ހަރުދަނާކޮށް ހަރަކާތްތަށް ހިންގުމުގެ މައްޗަށް މަޝްވަރާކުރުމެވެ. އަދި ރޭގެ މަޝްވަރާގެ ތެރޭގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިނިވަން ކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވިފައި ވެއެވެ.