ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މިއަދު ހަވީރު 16:00ގައި ސޯލްޓް ކެފޭގައި ބޭއްވި ޤައުމީ މަޖިލިހުގެ ޚާއްސަ ޖަލްސާއެއްގައި އެމްޑީޕީގެ ނައިބު ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކީ ޤައުމީ މަޖިލިހުގެ މެމްބަރެއް ކަމުގައި ހިމެނުމަށް މިއަދު ފާސްކުރައްވައިފިއެވެ. މިފަދައިން ފާސްކޮށްފައި މިވަނީ ޤައުމީމަޖިލިހުގައި ބައިވެރިވެ ވަޑައިގެން ހުރިހާ މެމްބަރުގެން އިއްތިފާގުންނެވެ.
މިގޮތަށް ޤައުމީ މަޖިލިހުން ފާސްކުރުމާއި ގުޅިގެން މިވަގުތު ޕާޓީގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝިފާޒް ޤައުމީ މަޖިލިހުގެ ޖަލްސާތަކުގައި ބައިވެރިވެ ވާޑައިގެންނެވޭނެއެވެ.
އެމްޑީޕީގެ ނައިބު ރައީސްއަށް ޤައުމީ މަޖލިހުގައި ބައިވެރިވެވަޑައިގަނެވޭނެގޮތަށް މިއަދު ފާސްކޮށްފައިވާއިރު މިޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މަށްޗަށް ނާއިންސާފުން 13އަހަރުގެ ޖަލުގެ ހުކުމެއް އިއްވެވުމުގެ ސަބަބުން މިޕާޓީގެ ޤައުމީ މަޖިލިހުގައި ބައިވެރިވެ ވަޑައިނުގަނެވޭނެ ގޮތްވެފައިއެވެ. ހަމައެއާއިއެކު ޕާޓީގެ ޗެއާރޕާރސަން އަލީ ވަހީދު ހައްޔަރުކޮށް އަދި އެމަނިކުފާނުގެ މަށްޗަށްވެސް ނާއިންސާފުން ޓެރަރިޒަމްގެ ދައުވާކުރުމުގެ ބިރުދައްކަމުންދާތީ ރާއްޖޭން ބޭރުގައި ހުންނަވަން ޖެހިވަޑައިގަތުމުގެ ސަބަބުން ޤައުމީ މަޖިލިހުގައި ބައިވެރިވެ ވަޑައިނުގަނެވޭނެގޮތް ވެފައެވެ. މިއަދު ބޭއްވުނު ޤައުމީ މަޖިލިހުގެ ޖަލްސާއަށް މި ޤަރާރު ހުށަހެޅޅުއްވީވިލިމާލޭ ދާއިރާގެ ރައީސް މުހައްމަދު އިބްރާހިމް މަނިކެވެ. އަދި މި ޤަރާރަށް ތާއީދުކުރެއްވީ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުލް ރަހްމާނެވެ.