ސަރުކާރާއިއެކު ކުރެވޭ މަޝްވަރާތަކާއި ގުޅޭގޮތުން 24 ޖުލައި 2015ވަނަ ދުވަހުގައި ނެރެވުނު ބަޔާނުގެ 4ވަނަ ނުކުތާގައިވާ ކަންތައްތަކާއި ގުޅޭގޮތުން ނެރެފައިވާ ވިޕްލައިން އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ.

މިކަމަކީ ސަރުކާރުގެ އިސްއެދުމަކަށްވެގެން ގޮސްފައިވާ ކަމަކަށް ވުމާއި ، އަދި ޕާޓީގެ އުސޫލުތަކާއި ސީދާގޮތުގައި ޚިލާފް ނުވާކަމަކަށް ވާތީވެ މިވޯޓުގައި ، ޕާޓީން ސަރުކާރާއިއެކު އެއްބަސްވެފަވާ ހަމައިގެމަތިން ނެރެފައިވަނީ ފްރީ ވިޕްލައިނެކެވެ.