ސަރުކާރުގެ އަމަލަތުގެ މަށްޗަށް ސަރުކާރު ޒިންމާދާރުކުރުވަ ޖަވަބުދާރީ ކުރުވާނަމަ ފުރަތަމަވެސް އަލިއަޅުވަލަންޖެހޭ ކަމަކީ ކައުންސިލްތަކުގެ ބިލަށް ސަރުކާރުން ހުށަހަޅަމުންދާ މިންވަރުކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ނައިބު ޗެއާރޕާރސަން އަލީ ނިޔާޒް ވިދާޅުވިއެވެ.
އެމް.ޑީ.ޕީގެ ސަރުކާރެއްގައި ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ފުރަތަމަ ތަޢާރަފްވެގެން ދިޔައިރުގައި ރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް ޤާނޫނެއް ކަނޑައެޅިފައި ނެތް ނަމަވެސް ރައީސް މުޙައްމަދު ނަޝީދު އެކަން ފައްޓަވައިދެއްވީ ހަމައެކަނި ރައްޔިތުންނަށްޓަކައި އެމަނިކުފާނުގެ އޮތް އިޚުލާސްތެރި ހިތަކައިގެންކަން ކަމަށް އަލީ ނިޔާޒް ފާހަގަކުރައްވާފައިވެއެވެ. އަދި ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްރަށާއި ފަޅުފަޅުން އާމްދަނީ އެ ކައުންސިލްތަކަށް ހޯދޭނެ ގޮތްތަށް އެކައުންސިލްތަކަށް ސަރުކާރުން ހޯދައިދޭންޖެހޭނެ ކަމަށް ޤާނޫނުގައި ކަނޑައެޅިގެން ބަޔާންވެފައި ވީ ނަމަވެސް މި ސަރުކާރުން އެފަދަ އެއްވެސް ކަމެއް ކޮށްނުދީ ފެނިގެންދަނީ ކައުންސިލްތަކުގެ ބާރުކަނޑާލަން މަސައްކަތް ކުރެވެމުންދާތަން ކަމުގައި އަލީ ނިޔާޒް ވިދާޅުވިއެވެ.