ނޯވޭގެ ސަފީރު އެމްޑީޕީއާއި ބައްދަލުކުރައްވައިފި

CJyPBMfUYAApIN_

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ބައިނަލްއަޤްވާމީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މެމްބަރުނާއި ނޯވޭގެ ސަފީރު އިއްޔެ ބައްދަލުކުރައްވައިފިއެވެ. ނޯވޭ ސަފީރުގެ މި ވަދާއީ ޒިޔާރަތުގައި އެމްޑީޕީގެ މެމްބަރުންނަށާއި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށް ހެޔޮއެދުންދެންނެވިއެވެ.

އިއްޔެގެ ބައްދަލުވުން ކުރިއަށްގޮސްފައި ވަނީ އެމްޑީޕީގެ ޤައުމީ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. އުތުރު ޔޫރަޕްގެ ގައުމެއްކަމުގައިވާ ނޯވޭގެ ސަފީރަށް ޕާޓީގެ ފަރާތުން މަރުހަބާ ދެންނެވީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރުގެ އިތުރުން ބައިނަލް އަޤްވާމީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު ހެންވެއިރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޝާހިދުގެ އިތުރުން ކޮމިޓީގެ މެމްބަރުން ކަމުގައިވާ އަހްމަދު ތަސްމީން އަލީ އާއި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އީވާ އަބްދުﷲގެ އިތުރުން ކޮމިޓީގެ އެޑްވައިޒަރ އަބްދުލްޢަފޫރު މުޙައްމަދެވެ.