އެމްޑީޕީގެ ޤައުމީ މަޖިލިހުން ރޭގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ސަރުކާރާއި އެމްޑީޕީއާ ދެމެދު ކުރިއަށްދާ މަޝްވަރާ ބައްދަލުވުންތަކާ ބެހޭ ގޮތުންނެވެ.
ސަރުކާރާއި އެމްޑީޕީއާ ދެމެދު ވާހަކަތައް ފެށުނު ފަހުން މިހާތަނަށް ދެ ބައްދަލުވުމެއް ބާއްވާފައިވާ އިރު މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިއޮތް ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ. އެ ބައްދަލުވުމަށް ތާވަލްކޮށްފައި ވަނީ އެމްޑީޕީގެ ފަރާތުން ސަރުކާރުން ކުރުމަށް ބޭނުންވާ ކަންކަން ހުށަހެޅުމަށެވެ.