އިނގިލީގެ ނިޝާން ހޯދަން ޖެހޭ މެމްބަރުންގެ ލިސްޓްގައި ރައީސް ނަޝީދުވެސް

2939871582_6f01465b93_o

އިނގިލީގެ ނިޝާން ހޯދަން ޖެހޭ މެމްބަރުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް ފޮނުވީ އިއްޔެ އެވެ. އެ ލިސްޓްގައި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ވަރަށް ގިނަ ބޭފުޅުންނާއި ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ވެސް ހިމެނެ އެވެ. ޕާޓީތަކުގެ މެމްބަޝިޕް ފޯމްގައި އިނގިލީގެ ނިޝާން ޖެހުމަކީ ކުރިން ލާޒިމް ކަމެއް ނޫނެވެ.

ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މެމްބަރުން އެންމެ ގިނަ ޕާޓީއަކީ އެމްޑީޕީ އެވެ. އެމްޑީޕީގައި 46،608 މެންބަރުން ތިބިއިރު، ޕީޕީއެމްގައި ތިބީ 36،236 މެމްބަރުންނެވެ. ޑީއާރުޕީގައި 14،750 މެމްމަބަރުން ތިބިއިރު، ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރީގައި 13،990 މެމްބަރުން އެބަ ތިއްބެވެ.

އެމްޑީޕީގެ އިމްތިޚާބުތަކާބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ. އެހެންކަމުން، އެ ނިންމުމަށް އަމަލުކުރަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.