އެމީހަކު ބޭނުންވާ ސިޔާސީ ޕާޓީއެއްގައި އުޅުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ އަސާސީ ޙައްޤެއް

CIC3ShuUkAA2mr4

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިންވެސް ބައިވެރިވެލެއްވި ޤައުމީ ހަރަކާތުގެ ޖަލްސާއެއް ރޭ ހަރުގޭގައި ބާއްވައިފިއެވެ. މި ޖަލްސާގއި ޤައުމީ ހަރަކާތުގެ އެންމެ ކުރީ ސަފުގަައި މަސައްކަތް ކުރައްވާ ގިނަ ބަޔަކު ބައިވެރިވެލެއްވިއެވެ.

ރޭގެ ހަރުގެ ޖަލްސާގައި އިންތި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމީހަކު ބޭނުންވާ ސިޔާސީ ޕާޓީއެއްގައި އުޅުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ އަސާސީ ޙައްޤެއް ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ މައްޗަށް ޣައިރު ޤާނޫނީ އަމުރުތައް ނުނެރުމަށް އީސީގެ މެންބަރުންނަށް އިންތި ގޮވާލެއްވި އެވެ.

އިންތި ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެދިގެން އައި ދުވަސްވަރު އޭރު އޮތް އުސޫލުގެ ދަށުން ދިވެހި ރައްޔިތުންގެ އެތައްހާސް ބަޔަކު އެމްޑީއަށް ރަޖިސްޓްރީވެފައިވާ ކަމަށެވެ. އެހެންނަމަވެސް އޭރުގައި ފިންގަޕްރިންޓް ޖެހުމަށް ޤާނޫނުގައި ލާޒިމްކޮށްފައި ނުވާކަމަށެވެ.

ނަމަވެސް އެފަދަ ހުރިހާ މެންބަރުން އެމްޑީޕީން ވަކިކުރުމުގެ މަސައްކަތް މިހާރު އީސީން ފަށާފައިވާކަމަށް އިންތި ވިދާޅުވި އެވެ. އިންތި ވިދާޅުވީ ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް ފަހުން ނިންމާ ނިންމުމަކުން އެގޮތް ބަދަލުކޮށް ޕާޓީންވަކިކޮށް އެހައްޤު ނިގުޅައިނުގަނެވޭނެކަން އިންތި ފާހަގަ ކުރެއްވި އެވެ.