ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން، ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހޭނެ

CIhu8xqUcAA1kK8

ބަރުލަމާނީ ނިޒާމެއްގައި މިހާރު ވެރިކަން ކުރާ އިރު ދިމާވާ މައްސަލަތައް ދިމާ ނުވާނެ ކަމަށާއި 2008 ގައި އެމްޑީޕީން ވެރިކަމަށް އައިސް ތަޖުރިބާ ކުރި ތަޖުރިބާ ކުރުމާއި އަދި 2013 ގައި ޕީޕީއެމުން ވެރިކަމަށް އައިސް ތަޖުރިބާ ކުރާ ކަންތައްތައް ބަރުލަމާނީ ނިޒާމެއްގައި ތަޖުރިބާ ކުރަން ނުޖެހޭނެ ކަމަށް ހަސަން ލަތީފު ރޭގެ ހަރުގެ ޖަލްސަގައި ވިދާޅުވިއެވެ.

އެމްޑީޕީ އާއިއެކު ސަރުކާރުން ބާއްވާ ވާހަކަދެއްކުންތަކުގައި ހުށަހަޅާނެ އެންމެ ބޮޑު ހުށަހެޅުމަކަށް ނިންމާފައި ވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބަދަލު ގެނައުމުގެ ގޮތުން ބަރުލަމާނީ ނިޒާމަކަށް ދިއުމެވެ.

ރޭގެ ހަރުގޭ ޖަލްސާގައި އިތުރަށް ވަހަކަފުޅުދައްކަވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ ސަރުކާރުން މިހާރު އެ ބޭކާރު ކުރަނީ ރައްޔިތުންނަށް އެތައް ނަރުދަމާ ތަކަކާއި އެތައް މިސްކިތްތަކެއް ނުވަތަ ބަނދަރުތަކެއް ހެދޭނެ ފައިސާ ކަމަށް އިންތި ވިދާޅުވިއެވެ. އަދި އެފައިސާ ބޭކާރުގޮތުގައި ހޭދަކުރަން މި ސަރުކާރަށް ޖެހިފައި އެވަނީ ސަރުކާރުގެ ނަން ހުތުރުވާނޭ އެންމެ ބޮޑަކަށް ހުތުރުވުމުން އެކަންކަން ރީތިކުރުމަށް ކަމަށެވެ.