ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ އުމުރު ބަދަލުކުރުމުގެ ބިލަށް ވޯޓް ދޭން އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީން ނިންމައިފިއެވެ. މި ނިންމުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ތާއިދުކުރުމަށް ވެސް އެ ނިންމުގައިވެ އެވެ.
ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ ބޭފުޅުންގެ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލުކުރުމަށްޓަކައި، ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ގާނޫނު އަސާސީގައި މިހާރު ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތި ލެވޭ އުމުރަކީ 35 އަހަރެވެ. ނަމަވެސް، ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭނެ ދޮށީ އުމުރެއް ގާނޫނު އަސާސީގައި ނޯވެއެވެ.