ޝިފާޒް ހައްޔަރު ކުރި މައްސަލަ އެޗް.އާރު.ސީއެމަށާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންއަށް

medium_58488

ހޯމަ ދުވަހުގެ ރޭ ޤައުމީ ހަރަކާތުގެ ފަރާތުން ހަރުގޭގައި ބޭއްވުނު ޖަލްސާ ކުރިއަށް ދަނިކޮށް ކޯޓު އަމުރަކާނުލައި ފުލުހުން ހަރުގެ ތެރެއަށް ވަދެ ޖަލްސާގައި އެވަގުތެ ޕޯޑިއަމްގައި ވާހަކަ ދައްކަވަމުން ގެންދެވި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއާއި 47 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރަކުން ހުއްދަލިބިގެން މެނުވީ މީހުންގެ ގޮވަތި ގެދޮރަށް ނުވަދެވޭނެކަމަށް ކަނޑައަޅާފައިވީނަމަވެސް، ރޭ ފުލުހުން ހަރުގެ އަށް ވަދެފައިވަނީ ޤާނޫނުއަސާސީގެ ފާހަގަކުރެވުނު މާއްދާތަކުގެ ދަށުން އެއްވެސް ކޯޓު އަމުރަކާނުލައެވެ.

މިގޮތަށް ފުލުހުން ސިޔާސީ ހަރަކާތެއް ހިނގަމުން ދިޔަ ތަނަކަށްވަދެ ޕާޓީގެ އިސްވެރިއެއް ހައްޔަރު ކުރި މީ ފުރަތަމަ ފަހަރެވެ. އަދި އެރޭގެ ވަގުތެއްގައި ފުލުހުން ޝިފާޒް ހައްޔަރު ކުރުމަށް ފަހު ވަނީ ފަހުން ދޫކޮށްފައެވެ. ނަމަވެސް ފުލުހުންގެ މި އަމަލު ތަހްގީގްކޮށް ދިނުމަށް އެދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަށް މިއަދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވަނީ މައްސަލަ ހުސަހަޅާފައެވެ.