ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ގުޅިގެން ޤައުމީ ހަރަކާތުގެ ފަރާތުން މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ސުލްހަވެރި މުޒާހަރާ އާއި ގުޅިގެން ފުލުހުންގެ އިދާރާއިން އެމްޑީޕީއަށް ފޮނުވި ސިޓީގެ ރައްދު ޖަވާބު މިއަދު އެމްޑީޕީން ފުލުސް އޮފީހަށް ފޮނުވައިފިއެވެ.
ސިޓީގައި ބުނެފައިވާގޮތުން 12 ވަނަ ދުވަހުގެ މުޒާހަރާ އަކީ ދުރާލާ ރާވައިގެން ބޭއްވުނު ސު؛ްހަވެރި މުޒާހަރާއެއްކަމާއި ޤާނޫން ނަމްބަރު 2013/1 (ސުލްހަވެރި ކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫން) ގެ 27 ވަނަ އަދި 30 ވަނަ މާއްދާގެ ދަށުން އެއްވުން ބޭއްވުމުގެ 36 ގަނޑިއިރު ކުރިން ބުދަ ދުވަހުގެ ރޭ19:50 ގައި އެމްޑީޕީން ވަނީ ޤާނޫނުގައި ވާގޮތުގެ މަތިން ފުލުހުންނަށް ނޯޓިސް ފޮނުވަފައެވެ. އަދި މި ޖޫން މަހުގެ 15 ވަނަ ދުވަހު ފުލުހުންނާއި އެކު އމްޑީޕީގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައިވެސް ފުލުހުން ބޮޑައް އަލި އަޅުވާލީ މުޒާހަރާކުރުން އިތުރަށް ހަނި ކުރުމުގެ މައްޗަށްކަމަށެވެ.
އަދި ސިޓީ ނިންމާލާފައިވާނީ އެއްވެ އުޅުމުގެ މިނިވަންކަން ހަނި ކުރުމަށް ޤާނޫނު ނަމްބަރު 2013/1 (ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ ޤާނޫނު ނަމްބަރު) ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ އިމުގެ ބޭރުން ފުލުހުންގެ އިދާރާއިން ޤާނޫނާއި ހިލާފަށް އެމްޑީޕީ އަށް ކުރިމަތި ކުރުވާ ފިއްތުންތަށް ކުރިމަތި ނުކުރުވުމަށާއި ޤާނޫނުން ބޭރުން އެކި ގޮތްގޮތުން ދެއމުންގެންދާ އިންޒާރުތައް ދިނުންވެސް ހުއްޓާލުމަށްއެދެމުންނެވެ.
ފުލުސް އޮފީހަށް އެމްޑީޕީން ފޮނުވި ސިޓީ ބެއްލެވުމަށް މި ލިންކަށް ފިތާލާ ….. ގަނޑު 1
ފުލުސް އޮފީހަށް އެމްޑީޕީން ފޮނުވި ސިޓީ ބެއްލެވުމަށް މި ލިންކަށް ފިތާލާ ….. ގަނޑު 2