ރަމަޟާން މަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނާއި އިސްލާމީ އުންމަތަށް އަރިސްކުރަން

S_u_n_n_a_info

ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮދުއާ އާއި ތަހުނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި ދުނިޔޭގެ އެންމެހައި މުސްލިމުންނަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އަރިސްކުރަމެެވެ.

މިފަދަ މަތިވެރި އަޅުކަމުގެ މަސްވަރެއް ކުރިމަތިވެފައިވާ އިރު، މި ސަރުކާުރުން ނާއިންސާފުން މި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އާއި އަދި އެނޫންވެސް ސިޔާސީ ފަރާތްތައް
ޖަލަށްލައި އަނިޔާވެރިވަމުން ދާކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

މި ބަރަކާތްތެރި ރަމަޟާން މަހުގެ މަތިވެރި ދަރުމަ އާއި ސަވާބު މިންވަރު ކުރައްވާށިއެވެ. އަދި އަނިޔާވެރިކަމުން އަޅުގަނޑުމެން އެންމެން ސަލާމަތް ކުރައްވާށިއެވެ. އާމީން!