ރޭ ފެށި މުޒާހަރާ ހުއްޓާ ނުލާ ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ.

އަނިޔާވެރިކަމާއި ދެކޮޅަށް ރޭ ޤައުމީ ހަރަކާތުން އިސްނަގައިގެން ކުރި އިހުތިޖާޖު ހުއްޓާ ނުލާ ސިލްސިލާކޮށް ކުރިއަށްގެންދާނެ ކަމަށާއި މިއަނިޔާވެރިކަން ނިންމާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ގާނޫނު އަސާސީން ގެނެސްދިން ޑިމޮކްރަސީ ދަނީ ނެތެމުން ކަމަށާއި ހުދުމުހުތާރު ވެރިކަމެއްގެ ބޯ ވިލާގަނޑު ބޯމަތި ކުރުވާފައި ކަމަށާއި “ޑިމޮކްރަސީގެ އެންމެ މުހިންމު ސިފަ ކަމުގައިވާ ރޫލް އޮފް ލޯ މިވަނީ ގެއްލިފަ. މިގައިމުގައި ރޫލް އޮފް ލޯއެއް ނުހިނގާ. މިތާ ހިނގަނީ ރޫލް ބައި ލޯ” ކަމަށް އިބޫ ވިދާޅުވިއެވެ.