އަދާލަތު ޕާޓީ އާއި އެމްޑީޕީ ޖޫރިމަނާކޮށްފި

11390344_1603516596596833_5692146366306798948_n

މޭޑޭގައި މާލޭގައި ބޭއްވި މުޒާހަރާއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ އާއި އެމްޑީޕީ ޖޫރިމަނާކޮށްފިއެވެ.

މޭޑޭ ގެ މުޒާހަރާއާއި ގުޅިގެން އެ ދެ ޕާޓީ ޖޫރިމަނާކުރީ، އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ސިޔާސީ ޕާޓީގެ ގާނޫނާއި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް، ފުލުހުންނަށް ހަމަލާ ދިނުމާއި، އާންމުންގެ މުދަލަށް ގެއްލުން ދިނުމާއި އަނިޔާވެރި އަމަލުތަކަށް ގޮވައިލުން ފަދަ އަމަލުތައް ހިންގާފައިވާތީއެވެ.

އަދާލަތު ޕާޓީ ވަނީ 69000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި އެމްޑީޕީ ޖޫރިމަނާކޮށްފައިވަނީ 53000 ރުފިޔާއިންނެވެ. އަދި މި ޖޫރިމަނާ ފައިސާ ހަތް ދުވަހުގެ ތެރޭގައި އެ ކޮމިޝަނަށް ދެއްކުމަށްވެސް ވަނީ އަންގާފައެވެ.