ހުކުރު ދުވަހުގެ އެއްވުން ތިން ދުވަހަށް ދެމިގެންދާނެ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އާއި އަދާލަތު ޕާޓީ ގުޅިގެން ޖޫން މަހުގެ 12 ވާ ހުކުރު ދުވަހު ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ސުލްހަވެރި އިހްތިޖާޖް 3 ދުވަހަށް ދެމިގެންދާނެއެވެ.

ހުކުރު ދުވަހުގެ އެއްވުން ފަށާގޮތަށް ހަމަޖައްސާފައި ވަނީ އެ ރޭ 8:30 ގައި ބޮޑުތަކުރުފާނުމަގުގައި ހުންނަ އެމްޑީޕީގެ ހަރުގެއިންނެވެ. އެތަނުން އެއްވުން ފަށައިގެން މަޖީދީ މަގުން ހިނގާފައި ގޮސް ވަކި ސަރަަހައްދެއްގައި، އެއްވުމުގެ ބައިވެރިން އިށީންނަން ވަނީ ހަމަޖައްސައިފަ އެވެ.

އަދި މި ސުލްހަވެރި އިހްތިޖާޖުގައި ސަރުކާރަށް ޑިމާންޑްތަކެއް ދިވެހި ރައްޔިތުންގެ ފަރާތުން އަރުވާނެއެވެ. އެގޮތުން ސަރުކާރަށް ހުށަހަޅާނެ ޑިމާންޑްތަކުގެ ތެރޭގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިވަންކުރަން ގޮވައިލުން ހިމެނިގެންދާނެއެވެ.