ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރަތުން މ.ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރެއްވި އަހްމަދު ރާޒީ އަށް ވޯޓު ދެއްވި ހުރިހަ ރައްޔިތުންނަށް އެމް.ޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް
ޝުކުރު އަދާ ކުރައްވައިފިއެވެ.
ޝިފާޒް މ.އަތޮޅުގައި ހުންނަވައިގެން ރޭ ރާއްޖެ ޓީވީއަށްދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ނިމިގެން ދިޔަ ދިއްގަރު ދާއިރަގެ އިންތިހަބަކީ އެންމެ އިންސާފުވެރިކޮށް ދިޔަ އިންތިހާބެއްކަމަށް ބަލައި ނުގަނެވެނެކަމަށެވެ. އަދި މި އިންތިހަބު ނިމިގެން މިދިޔައީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނު ޖަލުގައި ހައްޔަރު ކުރެވިގެނ ބޭއްއްވުނު އިންތިހަބެއްކަން ފާހަގަ ކުރެއްވިއެވެ.