ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިސްނަގައިގެން މިއަދު ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި ބޭއްވުނު މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ މުޒާހަރަތަކުގައި ހައްޔަރު ކުރެވޭ ފަރާތްތަކަށް ވީހާވެސް އަހަހަށް އެހީތެރިކަން ފޯރުކޮށްދީ އަދި ޤާނޫނީ ވަކީލުން ހަމަޖައްސާދިނުމުގައި އަވަސް ގޮތްތަކެއް ހޯދުމުގެ ބޭނުމުގައި ބޭއްވުނު ވޯކްޝޮޕެކެވެ.
އެގޮތުން މުޒާހަރާގައި ހައްޔަރު ކުރެވޭ ފަރަތައް ޤާނޫނުން ލިބިދީފައިވަ ހައްޤުތަކަކީ ކޮބާކަމާއި ، ހައްޔަރު ކުރެވުމުން ދެން އަޅަންވީ ފިޔަވަޅުތަކަކީ ކޮބަކަންވަެސް ވަނީ މި ވޯކްޝޮޕްގައި ބައިވެރިންނަށް ހިއްސާކޮށް މައުލޫމާތު ދެވިފައެވެ.