ރޭ ދިއްގަރު ދާއިރަގެ ކެމްޕެއިންގެ ތެރެއިން ޤައުމީ ހަރަކާތުގެ ހަރުގެގައި ބޭއްވުނު ޖަލްސަގައި އެމް.ޑީ.ޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވީ ދިގު 30 އަހަރުގެ މާޒީއަށް ދިއުމަށް ޕީޕީއެމް އަށް ވޯޓު ނުދެއްވަ ކުރިމަގައްޓަކައި އެމް.ޑީ.ޕީގެ ކެންޑިޑޭޓް އަހްމަދު ރާޒީއަށް ޥޯތު ދެއްވުމަށެވެ. އަދި މިހާރު މިގައުމުގެ ވެރިކަމުގެ ބާރުތައް މިވަނީ މުޅިންހެން މަސްހުނިވެފައިވާ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބެނުންވާކަމަށެވެ.
ދިއްގަރު ދާއިރާގެ ރައްޔިތުންނަށް އެކި އެކި ޒާތުގެ އެހީ އިންތިޙާބާއި ދިމާކޮށް ދިނުމަކީ ރައްޔިތުންގެ ހިޔާލު ބަދަލުކޮށްލެވެނެ ކަމެއް ނޫން ކަމަށް ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އަޙްމަދު ރާޒީ ވިދާޅުވެއްޖެ އެވެ. އަދި މިއަދު ރައްޔިތުންގެ ވިސްނުން މިވަނީ މުޅިން ބަދަލުވެ ދުނިޔޭގެ ދަޅަތަކަށް ލޯ ހުޅުވިފައިކަމަށެވެ.
ރަޒީ ވިދާޅުވީ އިންތިހާބައި ދިމާކޮށް ރައްޔިތުން ރުއްސަން ކަންކަން ކުރުމަކުން މިއަދު ރައްޔިތުންނެއް ވޯޓެއް ނުދޭނެކަމަށެވެ. ރައްޔިތުންގެ ލޮލުގައި ތަފާތު އެގްރީމަންޓްތައް ކޮށް އަދުންއެޅުވުމުގެ ބޭނުމުގައި ކޮންމެ ކަމެއް ކުރިއަސް ރައްޔިތުންގެ ލޮލަކަށް ފެންނަ މަންޒަރެއް އޮޅުވައެއް ނުލެވެނެކަމުގައެވެ.