ދިވެހި ރާއްޖޭގައި ހިނގަމުންދާ ނާއިންސާފާއި އަނިޔާވެރިކަމާއި ދެކޮޅަށް ގިނަ މަސައްކަތްފުޅުތަކެއް ކުރައްވަމުންގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފިއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މިއަދު ނެރުނު ނޫސް ބަޔަނެއްގައި ޝެއިހް އިމްރާން އަބްދުﷲގެ މައްޗަށް ސަރުކާރުން މިހާރު ކުރަމުން އެ ގެންދަނީ ސިޔާސީ ދައުވާއެއްކަމާއި ވަގުތުން ސިޔާސީ ދައުވާތައް ހުއްޓާލައި ސިޔާސީ ކުއްވެރިން ދޫކޮށްލުމަށްވެސް މި ނޫސް ބަޔަނުގައި ގޮވަލައިފައިވެއެވެ.
އިމްރާން ހައްޔަރުކޮށްފައި ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ. އަމުރުގައިވާ ގޮތުން މިރޭ 20:00 އަށް އިމްރާން ކޯޓަށް ހާޒިރުކުރަން ޖެހެ އެވެ.
ޤައުމީ ހަރަކާތުގެ ފަރާތުން މޭމަހުގެ 1 ވަނަ ދުވަހު ބޭއްވި މުޒާހަރާއާ ގުޅިގެން، އިމްރާނާއި އަމީނާއި ސޮބާހްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ބަންދުކޮށް ތަހުގީގު ހިންގުމަށް ފަހު، އެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާކޮށް ދިނުމަށް ވެސް ފުލުހުން ވަނީ ޕީޖީގައި އެދިފަވެ.