އިޢުލާން: އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު އަލުން ބޭއްވުން

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު އަލުން ބޭއްވުމާއި ބެހޭ

24 ސެޕްޓެމްބަރ 2010 ވީ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި އެސްއެމްއެސް މެދުވެރިކޮށް ވޯޓުލަމުން ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކެންސަލްކޮށްފައިވާތީ، އެއިންތިޚާބުގެ ވޯޓުލުން 1 އޮކްޓޯބަރ 2010 ވާ ހުކުރު ދުވަހު އަލުން ބާއްވާ ގޮތަށް ހަމަޖެހިފައިވާ ވާހަކަ އިޢުލާން ކުރަމެވެ.
މި އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 2.30 ން އެދުވަހުގެރޭ 7.30 އާ ހަމައަށެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމަށް އެމްޑީޕީގެ ސެކްރެޓޭރިއަޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން މިއިންތިޚާބުގައި ވޯޓުލާނީ ވޯޓުކަރުދާހުގައި ކަމަށް އިންތިޚާބާއި ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 ސެޕްޓެމްބަރ 2010