ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިންގެ ވަފްދެއް މ.އަތޮޅަށް ފުރައިފި

ދިވެހި ރައޔިރުންގެ ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިންގެ ވަފްދެއް މ. އަތޮޅަށް ފުރައިފިއެވެ. މި ދަތުރުފުޅުގައި ޕާޓީގެ ފަރާތުން ބައިވެރިވެ ލެއްވީ އެމްޑީޕީގެ ޗެއާރޕާރސަންގެ ނައިބު އަލީ ޝިޔަމް ، މާލޭ ސިޓީ މެޔާރ މުޙައްމަދު ޝިހާބު އަދި ޕާޓީގެ ޤައުމީ މަޖިލިހުގެ މެމްބަރު އުނިމާ އާދިލްއެވެ. ޕާޓީގެ ފަރާތުން އަލްވަދާއު ދެންނެވުމަށް އެމްޑީޕީގެ ޗެއާރޕާރސަންގެ ނައިބު އަލީ ނިޔާޒު ވަޑައިގެންނެވިއެވެ.