ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން އަލީ ވަހީދުގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
އެ މައްސަލަ އިސްތިއުނާފު ކުރުމާއި ގުޅިގެން ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ އަލީ ވަހީދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އިތުރު މުއްދަތަކަށް ބަންދުގައި ބަހައްޓަން ޖެހޭ ފަދަ ސަބަބެއް އޮވެގެން ނޫން ކަމަށެވެ.