އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު އޭ.ޑީ.ކޭ ހޮސްޕިޓަލުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއިއެކު ބޭސްފަރުވައަށް ވަޑައިގެން ހުންނަވަނިކޮށް ފުލުހުންގެ ބޭކަލުން ވަޑައިގެން ގަދަކަމުން ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ އެމަނިކުފަނުގެ އަނބިކަބަލުން ގެއަށްވެސް ލުމަށް ފުރުސަތު ނުދެއްވައެވެ.
ހައްޔަރުކުރުމަށްފަހު ފުރަތަމަ ބުނެފައި ވަނީ ތުހުމަތު ކުރެވެ ކަމެއްގައި މައުލޫމަތު ސާފުކުރުމަސް ހައްޔަރުކުރީކަމުގައެވެ. ނަމަވެސް ގަނޑި އިރުތަކެއްފަހުން އަނަސްގެ ޤާނޫނީ ވަކީލުން ފުލުސް އޮފީހަށް ހާޒިރުވުމުން ފުލުހުން ވިދާޅުވެފައިވަނީ ބައްދަލުކޮށްލެއްވުމަށް ކަމަށް ހައްޔަރުކޮށްގެން ގެންދިޔައީ.
މިފަދަ ގޮތަކަށް ރާއްޖެގެ އެންމެ ބޮޑު ސިޔަސީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހައްޔަރު ކޮށްގެން ބައްދަލު ކުރުމަށް ކަމަށް ބުނެ ގެންދިއުމުން ދޭހަވަނީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މިހާރު ކޮންމެ ތާކުންވެސް ހައްޔަރު ކޮށް ބައްދަލުކޮށްލުމަށްކަމަށް ބުނެ ގެންދިއުމުގެ ބިރު އެބައޮތްކަމެވެ.
މިއަދުގެ ޕްރެސް ކޮންފަރރެންސްގައި އަނަސް އާއި ޕާޓީގެ ލީޑާރޝިޕުން ވަނީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ ރުހުމާއި ލޯބި ލިބި އިތުބާރާއެކު މަސައްކަތް ކުރަ މުއައްސަސާއަކަށް ވުމަށް ވަނީ ގޮވަލާފައެވެ. އަދި ފުލުސް ކޮމިޝަނަރ މިފަދަ އަމަލުތަކުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވަނެކަމުގައެވެ.