ޓެކްނިކަލް މައްސަލައަކާއިހެދި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ހުއްޓާލައި އަލުން އިންތިޚާބު ބާއްވާނެ ދުވަހެއް އިއުލާންކުރާ ގޮތަށް ހަމަޖެހިއްޖެ

24 ސެޕްޓެމްބަރ 2010

mdp

މިއަދު ކުރިޔަށް ގެންދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ހުއްޓާލުމަށްފަހު މި އިންތިޚާބު ބާއްވާނޭ ދުވަހެއް އަލުން އިޢުލާންކުރާ ގޮތަށް އެމްޑީޕީން ހަމަޖައްސައިފިއެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް ވިދާޅުވީ މިއިންތިޚާބުގެ ވޯޓުލުން ހުއްޓާލީ ދިމާވި ޓެކްނިކަލް މައްސަލައަކާހެދި ވަރަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުންގެ އެދިވަޑައިގެންނެވުމުގެ މަތިން ކަމަށެވެ.
އިންތިޚާބުގެ ވޯޓުލުން މިއަދު މެންދުރުފަހު 2 ޖެހި އިރު ފަށައިގެން ވަރަށް ފުރިހަމަޔަށް ކުރިޔަށްދަނިކޮށް، މިއިންތިޚާބުގެ އެސްއެސް ވޯޓު ފޮނުވާ ޔޫކޭގެ ނަންބަރަށް މެސެޖްތައް ޑެލިވަރ ވުމުގައި މައްސަލަތައްކުރިމަތިވާން ފެށުމުން، ގިނަ ކެންޑިޑޭޓުންގެ އެދުމުގެ މަތިން އިންތިޚާބު ކެންސަލްކުރި އިރު، ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ގޮސް މިއިންތިޚާބަށް ވަރަށް ފުރިހަމަ އެއްބާރުލުމެއްދީފައިވާކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މާލަސްތަކެއްނުވެ އޮންނާނޭ ކަމަށާއި، މި އިންތިޚާބު ކުރިޔަށްގެންދާނެ ގޮތެއް ކަނޑައަޅާނީ މާދަމާ އޮންނަ އިންތިޚާބާ ބެހޭ ކޮމިޓީގެ ބައްދަލުވުމަށްފަހު ކަމަށް އެމްޑީޕީން ބުނެއެވެ.