އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދޭ

24 ސެޕްޓެމްބަރ 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބު މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު މެންދުރުފަހު 2.00 ގައި ފެށިގެން ކުރިޔަށް އެބަދެއެވެ.
މިއިންތިޚާބަކީ މުޅިން އިލެކްޓްރޯނިކްކޮށް އެސް އެމް އެސްގެ ޒަރީއާއިން ކުރިޔަށް ގެންދާ ވޯޓެކެވެ.
މާލޭގައި ތިއްބަވާ އަތޮޅުތަކުގެ ރައްޔިތުންނާއި މާލޭގެ ރައްޔިތުންނަށް ވޯޓުލުމުގެ ކަންތައް ކުރިޔަށްދަނީ ކަލާފާނު ސުކޫލުގައެވެ.