ޤައުމީ ހަރަކާތުގެ ފަރާތުން ގއ އަދި ގދ ގެ ރަށްތަކަށް ކުރެވެމުންދާ ދަތުރުގެ ތެރެއިން

ޤައުމީ ހަރަކާތުގެ ފަރާތުން ގއ ގެ ރަށްތަކަށް މިއަދު ހެންދުނުގެ ވަގުތެއްގައި ވަޑައިގެންފިއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާރަޕާރސަންގެ ނައިބު އަލީ ނިޔާޒް ، އެމް.ޑީޕީގެ ތައުލީމާއި ތަމްރީނާއި ބެހޭ ކޮމިޓީގެ މުގައްރިރު މުސްތަފަ ލުތުފީ، އެމް.ޑިޕީގެ އިގްތިސާދީ ކޮމިޓީގެ ނައިބު މުގައްރިރު ހުސެއިން އަމްރު އަދި ކުރީގެ ހެލްތު މިނިސްޓަރ އައިމިނަތު ޖަމީލު ، މަވޯޓާ ޝަރީފް ގެ އިތުރުން ޒިފްލީންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
މިދަތުރުގައި ގއ ގެ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ އިހްސާސްތަކައި އަޑު އެހުމަށްފަހު އަނިޔަވެރިކަމާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން މިރޭ ބޮޑު ޖަލްސާއެއް ގއ.ވިލިގިލީގައި އޮންނާނެއެވެ.