އަންނަ މަހުގެ 12ގައި ބޮޑު އެއްވުމެއް ބާއްވާނެކަން ޤައުމީ ހަރަކާތުގެ ފަރާތުން އިއުލާންކޮށްފި

އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވީ އެ އެއްވުމާ ގުޅިގެން މިއަދުން ފެށިގެން ތަފާތު ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ. އެގޮތުން އަތޮޅު ތެރޭ ރަށްތަކަށް ދަތުރުކޮށް، އެއްވުމާ ގުޅޭ ކެމްޕެއިން ކުރިއަށް ގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.