މޭޑޭގެ މުޒާހަރާގައި ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ހުރި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އިސްތިއުނާފުގެ ހައްގުން މަހުރޫމު ވެގެންދާ ގޮތަށް ކަންތައްތައް ވަމުން ދާ ކަމަށް އަލީ ވަހީދުގެ ލޯޔަރު ހުސްނުއް ސުއޫދު މިއަދު ވިދާޅު ވެއްޖެ

CFNbD1LVAAEE2hw

ހުސްނުއް ސުއޫދު ލޯފާމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވީ، އަލީ ވަހީދުގެ ބަންދުގެ މުއްދަތު ހަމަވަމުންދާ ކަމަށާއި ނަމަވެސް އިސްތިއުނާފު ކުރަން ހުށަހެޅި މައްސަލަ އަދިވެސް ހައިކޯޓަށް ނުފޮނުވާ ކަމަށެވެ.

“މިއަދާއި ހަމައަށް ވެސް އެ ފޯމްތައް ކްރިމިނަލް ކޯޓުން ނިކުމެފައެއް ނެތް. އެފޯމް ހައިކޯޓަށް ފޮނުވައިގެން ފައިސާ ދައްކާގެން ހިޔަރިން އެއް ބޭއްވޭއިރު އޮންނާނީ ބަންދުގެ މުއްދަތު ފަހަނަ އަޅާފައި،” ސުއޫދު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓަށް ވައްދާ ފޯމްތައް ދުވަހުން ދުވަހަށް ޕްރޮސަސް ނުވާ މައްސަލަ ގާނޫނީ ޓީމުން ދަނީ ސުވާލު އުފައްދަމުންނެވެ.