އެމް.ޑީޕީގެ އަންހެނުންގެ ރޫހުގެ ބައެއް އަންހެން ކަނބަލުން އެއާރޕޯޓްގައި ސުލްހަވެރިކަމާއިއެކު ޝުއޫރު ފާޅު ކުރުމުން ދައުލަތުން ކުރާ ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ގެންގޮސްފި

ދައުލަތުން ޝިފާ އާއި އިތުރުބައެއްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކުރި ކަމަށް ބުނެއެވެ.

ޝިފާގެ އިތުރުން އެމައްސަލާގައި ދައުވާ އުފުލާފައި ވަނީ މ. ފެހިފަތްގެ، ޔުމްނާ އާއި ޏ. ފުވައްމުލައް، މިސްކިތްމަގު، ދޯނާޑު، ޒަހުރާ މޫސާ އާއި މ. ނިވްހިލްމަން، ޝަމީމާ އާދަމްފުޅާއި ހ. ވެޔޮވިލާ، ޝަފިއްއާ ޒުބައިރާއި މއ. ނާރިނގުގޭ މުހައްމަދު އިބްރާހީމް މަނިކު އާއި ސ. ހުޅުދޫ ކަޅުމަގިގޭ މަރިޔަމް ޒުބައިރާއި ސ. ހިތަދޫ ޝެޑިއުލަސް، ޚަދީޖާ ޝާދިޔާ އާއި މާލޭ ދަފްތަރު 5866 ފާތިމަތު ރަޝީދާ އާއިހ. ޓިވެގާލައިޓް ފަރީޝާ އަހްމަދާއި މ. ތަންތާރަ، އާމިނަތު ޒިމްނާ އާއި ގ. އާކާޝްވިލާ، އާމިނަތު ޒާހިރާ އާއި މ. ނިރޮޅު، އާމިނަތު ޝާނީޒު ސައީދާއި ގ. ދުވާފަރު، އާއިޝަތު މަމްދޫހާގެ އިތުރުން މއ. ބީޗްހައުސް، އާމިނަތު ދުމައިނާ އިރުޝާދެވެ.
ދައުވާ ލިބޭ އެންމެން ވެސް ވަނީ ދިފާއީ ހެކީންގެ ގޮތުގައި ތިން މީހަކު ހުށަޅާފައެވެ. އެހެންނަމަވެސް ދިފާއީ ހެކީންގެ ހެކިބަސް ނެގުމާ މެދު ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.