މިއަދު މެނދުރު 13:00ގައި އެމް.ޑީޕީގެ ޤައުމީ އިދާރާގެ ކޮންފަރރެންސް ހޯލްގައި ބޭއްވުނު ނިއުސް ކޮންފަރރެންސްގައި ޕާޓީގެ ނައިބު ރައީސްމުޙައްމަދު ޝިފާޒް އާއި ސެކްރެޓަރީޯ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ބައިވެރިވެ ވަޑައިގެންނެވިއެވެ. މައިގަނޑު ގޮތެއްގައި ނައިބު ރައީސް ޝިފާޒު އަލި އަޅުއްވާލެއްވީ ސަރުކާރުން ޤާނޫންތަކާއި ޤަވާއިދުތަކަކީ އެއްވެސް ބަރުދަނެއް ނެއް އެއްޗެއްގެ ގޮތުގައި ސަރުކާރުގެ އަމަލުތަކުން ދޭހަވަ ކަމަށެވެ. ނަމަވެސް އެމް.ޑީޕީން އަބަދުވެސް ހަރަކަތްތެރިވާނީ ޤާނޫނާއި ޤަވާއިދުގެ ތެރޭން ކަމުގައިވެސް ވިދާޅުވިއެވެ.
އެގޮތުން އެމް.ޑީ.ޕީގެ އިހްތިޖަޖްތަކުގެ ތެރެއަށް ފުލުހުން ވަދެ ސައުންޑް ސިސްޓަމް ރޭގނޑު 11ގެ ފަހުން ބޭނުން ނުކުރެވޭނެ ކަމަށްބުނެ ހުރަސްތަކެއް މިހާރަކަށްއަިސް ދަނީ ކުރިމަތި ކުރުވާ އަދި މިހާރު ރޭގނޑު 21:00ގެ ފަހުން ސައުނޑް ސިސްޓަމް ބޭނުންކުރުމަކީ މަނާކަމެށްކަމުގައި ވަނީ ވެފައެވެ. އަދި އެންމެ ފަހުން 4 ފުރޮޅުލީ އުޅަނދު މުޒާހަރާތަކުގެ ސައުންޑް ސިސްޓަމް އަރުވައިގެން ބެނުން ކުރުމަކީވެސް ފުލުހުންގެ ހުއްދައެއް ނަގައިގެން ނޫނީ ނުވަނެ ކަމެއް ކަމުގއި މިވަނީ ފުލުހުން ނިންމާފައެވެ.
ޝިފާޒުގެ ވާހަކަފުޅުގައި އެމް.ޑީ.ޕީން ސަރުކާރު ޒިންމާދާރު ކުރުވާނެ ކަމާއި ސިޔަސީ ޕާޓީއެއްގެ އެންމެ އިސް ވަޖިބަކީވެސް އެއީކަމުގއި ފަހަގަ ކުރެއވިއެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ފެށުމާއިއެކު ސިޔަސީ ގިން އިސްވެރިން ވެސް ވަނީ ހައްޔަރުކޮށްފައެވެ. ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް އެމް.ޑީ.ޕީން މަސައްކަތް ނުކުރާކަމާއި އަމަން އަމާންކަން ޤާއިމް ކުރެވޭނީ މަޝްވަރަގެ މޭޒުން ކަމުގައިވެސް ޝިފާޒް ވިދާޅުވިއެވެ.