12 މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް “އަނިޔާވެރިކަމާއި ދެކޮޅު” ހަރަކާތުން މިއަދު ބުނެފި

356835552

އަނިޔާވެރިކަމާއި ދެކޮޅު” ހަރަކާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ފެނަކަ ކޯޕަރޭޝަނުން ހަ މީހަކު އަދި އޭވިއޭޝަންގެ ތެރެއިން ހަތަރު މީހަކާއި ސްޓްލެކޯއިން ބައެއް މީހުން ވަކިކޮށްފައިވާ ކަމަށެވެ.
ގައުމީ ހަރަކާތުން އެމްޑީޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދާލަތު ޕާޓިގެ ކައުންސިލު މެންބަރު ސިދާތާ ޝަރީފު ވިދާޅުވީ، ވަޒީފާއިން ވަކި ކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހާއްސަ ހާއްސަ ހޮޓްލައިނެއް ތައާރަފުކޮށްފައިވާ ކަމަށެވެ. ސިދާތާ ވިދާޅުވީ 9111388 އަށް ގުޅުއްވައި މައުލޫމާތު ދެއްވުމުން އެކަމުގައި އެފަރާތްތަކަށް ގައުމީ ހަރަކާތުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަމުރު ވިދާޅުވީ ވަޒީފާތަކުން ވަކި ކުރާ ފަރާތްތަކަށް އެހެން ވަޒީފާތަކެއް ހޯދާ ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.