އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ 27 ވަނަ މާއްދާއާއި 32 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔަތަކަށް ލިބިދީފައިވާ ޙައްޤެއްކަމުން އެމްޑީޕީއަށް ނިސްބަތްވީތީ ނުވަތަ އެޕާޓީއަށް ތާޢީދު ކުރައްވާ ރައްޔިތަކަށްވީތީ މިޙައްޤު ނިގުޅައި ނުގަނެވޭނެކަން ފާހަގަ ކޮށް ފޮނުވި މި ސިޓީގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫންއަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ތެރެއިން އެޕާޓީގެ ފަރާތުން ހިންގާ ސިޔާސީ ޞުލަޙަވެރި ހަރަކާތްތަކުގެ ތެރެއިން (3 މެއި 2015) ގައި ބޭއްވި ޞުލްޙަވެރި އެއްވުން ފެށުމުގެ ކުރިން ފުލުހުން ވަނީ އެއްވުމުގެ ތެރެއަށް ވަދެ އެއްވުމަށް ހުރަސް އެޅުމަށް މަސައްކަތްކޮށްފައެވެ.
އަދާލަތު ޕާޓީއާއެކު އެމްޑީޕީން ކުރިއަށް ގެންދާ ޤައުމީ ޙަރަކާތުގެ ތެރެއިން “އަނިޔާވެރިކަން ނިންމަން” މި ނަމުގައި ހިންގާ ޙަރަކާތްތަކަށް ޢާއްމުންނަށް އަންގާ އިޢުލާނުކުރުމުގެ ގޮތުން މި ޕާޓީގެ ފަރާތުން ބޭނުންކުރަމުންދާ ޕިކަޕާއި ޕިކަޕްގައި ތިބި މީހުން ވަނީ ފުލުހުންގެ އިދާރާއިން ދެ ފަހަރެއްގެ މަތިން ހުއްޓުވައި ހިފަހައްޓާފައެވެ. އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ 27 ވަނަ މާއްދާއާއި 32 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔަތަކަށް ލިބިދީފައިވާ ޙައްޤަކަށްވީއިރު އެމްޑީޕީއަށް ނިސްބަތްވީތީ ނުވަތަ މއެޕާޓީއަށް ތާޢީދު ކުރައްވާ ރައްޔިތަކަށްވީތީ މިޙައްޤު ނިގުޅައި ނުގަނެވޭނެކަންވެސް ފާހަގަ ކޮށްފައިވެއެވެ.