އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދު ހައްޔަރުކޮށްފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އަލީ ވަހީދު ހައްޔަރުކޮށްފިއެވެ.

ފުލުހުން އަލީ ވަހީދު ހައްޔަރުކޮށްފައިވަނީ ގައުމީ ހަރަކާތުން އިއްޔެ އާއި ރޭ ކުރިޔަށް ގެންދިޔަ މުޒާހަރާ ސުލްހަވެރި ނޫން ކަމަށް ބުނެ، އެ މުޒާހަރާގެ އިސްވެރިންގެ ތަހުގީގު ފުލުހުން ފަަށާފައިވާ ކަމަށް އެ މުވައްސަސާއިން ބުނިތާ މާ ގިނައިރެއް ނުވަނީސްއެވެ.

އަލީ ވަހީދުގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު ބޮންޑެ އާއި، ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސާގެ އިތުރުން އެމްޑީޕީ އާއި ގައުމީ ހަރަކާތުގެ މެންބަރުންގެ ތެރެއިން 200 އަށްވުރެ ގިނަ މީހުން ރޭގެ މުޒާހަރާގައި ވަނީ ހައްޔަރުކޮށްފައެވެ.