ހދ.ކުމުންދޫ އާއި ގއ.ދާންދޫ އިން އެމްޑީޕީއާ ޕެޓިޝަން ފޯމު ހަވާލުކޮށްފި

ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި ހދ.ކުމުންދޫ އާއި ގއ.ދާންދޫ ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަން ފޯމު އެމްޑީޕީ އޮފީހާ ހަވާލުކޮށްފިއެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި މި ޕެޓިޝަން ފޯމު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ އޮފީހާ ކުމުންދޫގެ ޕެޓިޝަން ފޯމުތައް ހަވާލުކޮށްދެއްވީ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު އެވެ. އެމްޑީޕީގެ ފަރާތުން މި ޕެޓިޝަން ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ މުހައްމަދު ރަޝީދު (ފަޅޯމާ) އެވެ. ދާންދޫ ދާއިރާގެ ފޯމުތައް ހަވާލުކޮށްދެއްވީ ދާންދޫ ކައުންސިލްގެ މެންބަރު މުހައްމަދު އިސްމާީލް އެވެ.އެމްޑީޕީގެ ފަރާތުން މި ފޯމުތަކާ އެޕާޓީގެ ވިލިމާފަންނު ދާއިރާގެ ރައީސް މުހައްމަދު އިބްރާހީމް މަނިކެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ކޮންމެ ދުވަހަކު ވެސް ގިނަ ދާއިރާތަކުންނާއި، ވަކިވަކި ރަށްރަށުން އެމްޑީޕީ އޮފީހާ ގިނަ އަދަދެއްގެ ޕެޓިޝަން ފޯމުތައް ހަވާލުކުރަމުންދާއިރު، މިއަދު މެންދުރު 1 ޖަހާއިރު މި ޕެޓިޝަން ފޯމުތައް ސަރުކާރަށް ހުށަހަޅާ ގޮތަށް ވަނީ ހަމަޖެހިފައެވެ.