ގއ.ކޮލަމާފުއްޓާއި ތ.ކިނބިދޫން މޭޑޭގެ އެއްވުމުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު މާލެ އަތުވެއްޖެ

kolamaafushin MAYDAY ah Aunކޮލަމާފުށިން މާލެ އައި ބޯޓު

މޭޑޭގެ އެއްވުމުގައި ބައިވެރިވުމަށް ގއ.ކޮލަމާފުއްޓާއި ތ.ކިނބިދޫން ގިނަ އަދަދެއްގެ ބަޔަކު މާލެ އަތުވެއްޖެއެވެ.

ކޮލަމާފުށީގައި ދުއްވާ ފަތުހުއްސަލާމް ބޯޓުން މިއަދު މެންދުރު ގިނަ އަދަދެއްގެ ބަޔަކާއެކު މާލެ ވަޑައިގެންނެވި ކޮލަމާފުށީ ކައުންސިލްގެ އެމްޑީޕީ މެންބަރު އިބްރާހީމް ވަހީދު ވިދާޅުވީ މޭޑޭގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ކޮލަމާފުށިން މިއައީ ސަރުކާރުން ރައްޔިތުންނާ މެދު “ޖެއްސުމުގެ ފާޑަަށް” އަމަލުތައް ބަހައްޓައި، ރައްޔިތުންނަށް އަނިޔާވެރިވަމުންދާތީ އެއަނިޔާވެރިކަން ހުއްޓުވުމަށް ގައުމީ ހަރަކާތުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް ކަމަށެވެ.

ވަހީދު ވިދާޅުވީ މޭޑޭގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ފަތުހުއްސަލާމް ބޯޓުން 99 މީހަކު މާލެ އައިސްފައިވާ ކަމަށާއި، އެއީ އެ ބޯޓުގެ ކެޕޭސިޓީ ތަންދޭ ވަރު ކަމަށެވެ. މި 99 މީހުންގެ އިތުރުން މި ހަފްތާގެ ކުރީކޮޅުން ފެށިގެން ވައިގެ މަގުން ވެސް ކޮލަމާފުށިން ގިނަ އަދަދެއްގެ ބަޔަކު މާލެ އައިސްފައިވާ ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އެރަށުން ގިނަ އަދަދެއްގެ ބަޔަކު މޭޑޭއަށް މާލެ އަންނާނޭ ކަމަށް ވަހީދު ވިދާޅުވިއެވެ.

ކޮލަމާފުށީގެ އިތުރުން ހުވަދު އަތޮޅުގެ އެހެން ރަށްރަށުން ވެސް މޭޑޭއަށް ގިނަ އަދަދެއްގެ ބަޔަކު މާލެ އައުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވަހީދު ވިދާޅުވިއެވެ.