އަނިޔާވެރިކަމާ ދެކޮޅު އެއްވުން މިރޭ އޮންނާނީ މާފަންނު ޖަޒުބާތު ޖަގަހައިގައި

ގައުމީ ހަރަކާތުން “އަނިޔާވެރިކަން ނިންމަން” މި ނަމުގައި ކުރިޔަށް ގެންދާ ސިލްސިލާ އެއްވުން މިރޭ އޮންނާނީ މާފަންނު ޖަޒުބާތު ޖަގަހައިގައި ކަމަށް އެ ހަރަކާތުން ބުނެފިއެވެ.

ކޮރެލް ހޮޓެލް ކަންމަތީގައި ޖަވާހިރު މަގުގައި ހުންނަ އެމްޑީޕީ ޖަޒުބާތު ޖަގަހައިގައި ބާއްވާ މި އެއްވުން ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9 ޖަހާއިރު ކަމަށާއި، މި އެއްވުމަށް ވީހާ ވެސް ގިނަ ބަޔަކު ހާޒިރުވުމަށް ގައުމީ ހަރަކާތުން އެދެއެވެ.

ގައުމީ ހަރަކާތުން ރޭގައި ވަނީ ހެންވޭރު ސޯސަން މަގު ދެކުނުގައި އަނިޔާވެރިކަން ނިންމުމުގެ ނަމުގައި އެއްވުމެއް ބާއްވާފައެވެ.