ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް މ. މަޑުއްވަރީ، ކާނިގޭ، އަހްމަދު ރާޒީ އަށް ލިބިއްޖެ އެވެ.
ރާޒީއަށް އެމްޑީޕީގެ ޓިކެޓް ލިބުނީ މިއަދު ބާއްވަން ހަމަޖެއްސި އެމްޑީޕީގެ ޕްރައިމަރީގައި ރާޒީއާ ވާދަކުރައްވާ މ. ތްރީއޭވިލާ، އިބްރާހިމް ޖިހާދު ނަން އަނބުރާ ގެންދެވުމުންނެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 6 ޖޫން ގައެވެ.