އަނިޔާވެރިކަމާ ދެކޮޅަށް ބާއްވާ ޖަލްސާ މިރޭ އޮންނާނީ ވިލިމާލޭގައި

އަނިޔާވެރިކަމާ ދެކޮޅަށް އުފައްދާފައިވާ ގައުމީ ހަރަކާތުން “އަނިޔާވެރިކަން ނިންމަން” މި ނަމުގައި ބާއްވާ ޖަލްސާއެއް މިރޭ ވިލިމާލޭގައި އޮންނާނެއެވެ.

ވިލިމާލޭ އެމްޑީޕީ ހަރުގެ ކައިރީގައި ބާއްވާ މި ޖަލްސާ ފެށޭނީ މިރޭ 9 ޖަހާއިރު ކަމަށާއި، މާލެއިން ޖަލްސާއަށް ދާ މީހުން ފުރުމުގެ އިންތިޒާމް މިރޭ 8 ޖަހާއިރު ވިލިނިގިލީ ފެރީ ޓާރމިނަލްގައި ހަމަޖެހިފައިވާ ކަމަށް ގައުމީ ހަރަކާތުން ބުނެއެވެ.

މިރޭ ވިލިމާލޭގައި ޖަލްސާ ބާއްވާއިރު، ރޭ ފ.ބިލެއްދޫގައި ގައުމީ ހަރަކާތުން ވަނީ ގިނައަދަދެއްގެ ބަޔަކު ބައިވެރިވި ކާމިޔާބު ޖަލްސާއެއް ބާއްވާފައެވެ.