ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށް ގާނޫނު ނެގެހެއްޓުމަށް ކުރާ މަސައްކަތުގައި ޖަމިއްޔާތަކުން ވެސް ބައިވެރިވާނެ ޖެހޭ ކަމަށް އީސަ ވިދާޅުވެއްޖެ

ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށް ގާނޫނު ނެގެހެއްޓުމަށް ކުރާ މަސައްކަތުގައި ޖަމިއްޔާތަކުން ވެސް ބައިވެރިވާނެ ޖެހޭ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު އަޙުމަދު އީސާ (އީސަ) ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި ގައުމީ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސަ ވިދާޅުވީ ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށް ގާނޫނު ނެގެހެއްޓުމަށް ކުރާ މަސައްކަތަކީ ހަމައެކަނި ސިޔާސީ ޕާޓީތަކަށް އޮންނަ ޒިންމާއެއް ނޫން ކަމަށާއި އެއީ ޖަމިއްޔާތަކުގެ މައްޗަށް ވެސް ވާޖިބު ކަމެއް ކަމަށެވެ.

މެއިޑޭ ގައި ހިންގާ ހަރަކާތަކީ ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށް، އިންސާނީ ހައްގުތައް ކަށަވަރުކޮށް، އަނިޔާވެރިކަން ނިމުމަކަށް ގެންނަން ހިންގޭ ހަރަކާތެއް ކަމަށާއި، މިކަމުގައި ޖަމިއްޔާތަކުން ވެސް ބައިވެރިވާނެ ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އީސަ ވިދާޅުވިއެވެ.
މިއަދުގެ ނޫސް ކޮންފަރެންސް ގައި ޖުމްހޫރީ ޕާޓީގެ މެންބަރު ސޮބާހް ރަޝީދު އާއި އަދާލަތު ޕާޓީގެ މެންބަރު އަދި ޖެންޑަ މިނިސްޓްރީގެ ކުރީގެ ނައިބު ސިދާތާ ޝަރީފް ވެސް ބައިވެރިވެޑައިގެންނެވިއެވެ.