ި މެއިޑޭ އަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އަންނާނޭ އެންމެ ވަރުގަދަ މެއިޑޭ ކަމަށް ވާތީ ރައީސް ނަޝީދުގެ ސަޕޯޓަރުން މި ދުވަސް މިސްކޮށްނުލުމަށް އެމްޑީޕީގެ ޗެއަރޕާސަން ގޮވާލައްވައިފި

މި ފެށޭ 1 އެއް ވަނަ ދުވަހަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އަންނާނޭ އެންމެ ވަރުގަދަ މެއިޑޭއަށް ވެގެން ދާނޭ ކަމަށާއި، އެދުވަސް ގެއްލިގެން ދިޔަ ނުދީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސަލާމަތްކުރުމުގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެ އައުމަށް އެމްޑީޕީގެ ޗެއަރަޕަސަން އަލީ ވަހީދު ގޮވާލައްވައިފިއެވެ.
މެއިޑޭގެ ހަރަކާތްތަކާ ބެހޭ މައުލޫމާތު މީޑިއާ އާއި ހިއްސާކުރުމަށް އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވިއެވެ. މެއިޑޭގައި ނިކުންނަނީ އެއްވެސް ބަޔަކަށް އަނިޔާވެރިވުމަށް ނޫން ކަމަށާއި، އެ ދުވަހު މި ނިކުންނަނީ ގައުމުން އަނިޔާ ނައްތާލަން ކަމަށެވެ. މެއިޑޭގައި މާލޭގައި ހުންނަވައިސަރުކާރާ ފޭސް ކުރައްވާނޭ ކަމަށާއި، ސަރުކާރުން އެދޭ ގޮތަށް ސަރުކާރާއި ކުރިމަތިލާން ވަޑައިގަންނަވާނޭ ކަމަށް ވެސް މިއަދު އަލީ ވަހީދު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބަރާހީމްގެ ނަން ނައްތާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ހުރިހާ ފަރާތްތަކުން ނުކުތުމަށް ވެސް އަލީ ވަހީދު ގޮވާލެއްވިއެވެ. އެގޮތުން ޤާސިމް އިބްރާހީމް އަކީ ވަރަށް ޚިދުމަތްތެރި ބޭފުޅެއް ކަމަށް ވިދާޅުވަމުން، “މި ސަރުކާރުން އުޅެނީ ގާސިމް އިބްރާހީމްގެ ނަމާއި އަކުރާ ފިއްޔާ ވެސް ދުއްވާލަން” ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
މިހާރު މާލޭގައި ހިންގާ ހަރާކަތްތަކުގެ ޒިންމާ ނަގާނެ ޕާޓީއެއް ނެތް ކަމަށް ފުލުހުން ވިދާޅުވާއިރު، މާލޭގައި ހިންގާ ހަރާކާތްތަކަކީ ސަރުކާރުގައި ތިބި ވަގުން ކުރާ ކަމެއް ކަމަށާއި، މެއިޑޭގެ އެއްވުމާ ހަޔަށް ދާން މި ޖެހުނީ ސަރުކާރުން ގޮތްދޫކުރުމެއް، އިޙްސާންތެރިކަމެއް ނެތި، މަޝްވަރާ ކުރާން ޖާގަނުދިނުމުން ކަމަށާއި، މިހިނގާ ހުރިހާ ގޯސްކަންތައްތަކެއް އެ ހިންގަނީ ސަރުކާރުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނާއި ގުޅިގެން އެލްޖީއޭގެ ކުރީގެ މެމްބަރު ސުޖާއު އަށް އެމްޑީއޭ އަށް ފޮނުވަންޖެހޭ ސިޓީއެއް އޮޅިވަޑައިގެން އެމްޑީޕީއަށް ފޮނުވިފައި އެބައޮތް ކަމަށާއި، ދިއްގަރު ދާއިރާގެ ބައި އިލެކްޝަނާ މެދު ވެސް އަދި އެމްޑީޕީން ނިންމަން ޖެހޭ މުހިންމު އެހެން ކަންތައް ވެސް ނިންމަނީ އެ ޕާޓީގެ ލީޑަރުގެ މަޝްވަރާގެ މަތީން ކަމަށް އަލީވަހީދު ވިދާޅުވިއެވެ. އަދި އެ ޕާޓީގެ ލީޑަރަކީ އެ ޕާޓީގެ ރައީސް ނަޝީދު ކަމަށާއި، އެމްޑީޕީ އަބަދުވެސް ހިނގާނީ އެމަނިކުފާނުގެ މަޝްވަރާގެ މަތީން އެމްޑީޕީގެ ގުނަވަންތަކުން ނިންމާ ގޮތެއްގެ މަތީން ކަމަށް ވިދާޅުވެ، ދިއްގަރު ދާއިރާގެ ބައި އިލެކްޝަނާ މެދު އެމްޑީޕީން ކުރިއަށްދޭނެ ގޮތް ބުރާސްފަތި ދުވަހުގެ ކުރިން ހާމަކުރައްވާނޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވީ މެއިޑޭ އަކީ ވަރަށް މުހިއްމު ދުވަހެއް ކަމަށާއި، އެ ދުވަހަކީ އެއްމެން އެކައްޗެއް ކިޔައިގެން އެއް އަޑަކުން އަޑު އުފުލުމަށް ނިކުންނަ ދުވަސް ކަމަށެވެ. އަދި ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ހަމައެކަނި ވެރިކަމުގެ ފަރާތުން ނޫން ކަމަށާއި، އެކި މުޥައްސަސާތަކުން ރައްޔިތުންނަށް އަނިޔާލިބެމުންދާ ކަމަށާއި، މަޖިލީހުގެ ތެރެއިން ވެސް ރައްޔިތުންގެ އަޑު އިއްވުމަށް ގޮންޖެހުމަށްކަށް ވެފައިވާ ކަމަށެވެ. މި އަނިޔާވެރިކަމުން ސަލާމަތްވެވޭނީ ރައްޔިތުން މާލެ އައިސް އެއް ބައެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށް ވެސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.