ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާ ޕެޓިޝަންގައި ސޮއިކުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިއަދު ކުރިޔަށް އެބަދޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލާ ޕެޓިޝަންގައި ސޮއިކުރުން މާލޭގެ ހުރިހާ ދާއިރާއެއްގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިއަދު ކުރިޔަށް އެބަދެއެވެ.
މިއަދު ހެނދުނު 9 ޖެހި އިރު ފެށި މިޙަރަކާތް މާލެ ސިޓީގެ ދާއިރާތަކުގައި ކުރިޔަށް ދަނީ ކޮންމެ ދާއިރާއެއްގައި ވެސް ވަކި ޕެޓިޝަން ޑެސްކެއް ބަހައްޓައިގެންނާއި ދޮރުންދޮރަށް ހިނގައިގެން ކަމަށް އެމްޑީޕީން އުފައްދާފައިވާ ޕެޓިޝަން ކޮމިޓީން މައުލޫމާތުދެއެވެ.
މި ޕެޓިޝަންތަކާއި އެމްޑީޕީގެ ފަރާތުން ރަސްމީކޮށް ހަވާލުވުން އޮންނާނީ މިއަދު ހަވީރު 5 ޖަހާއިރު މާލޭ ސިޓީ ހޯލުގައެވެ.