އެމްޑީޕީގެ ސައުންޑް ޕިކަޕާއެކު ޑްރައިވަރު ވެސް ހައްޔަރުކޮށްފި

CCpon0mVEAA0dPL

އަނިޔާވެރިކަމާ ދެކޮޅަށް ރޭ ސީގަލް ކަންމަތީގައި ކުރި މުޒާހަރާގައި ބޭނުންކުރި ސައުންޑް ޕިކަޕާއި އެ ޕިކަޕުގެ ޑްރައިވަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ބުދަ ދުވަހުގެރޭ 9 ޖެހި އިރު ފެށި މި މުޒާހަރާ، ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ ސައުންޑް ޕިކަޕާއި ޕިކަޕުގެ ޑްރައިވަރު ޝާހިދު ޢަލީ (ޝާޑު) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން ފުލުހުން ވަނީ މުޒާހަރާގެ އަންހެން މެންބަރަކު ވެސް ހައްޔަރުކޮށް، ފަހުން ދޫކޮށްލާފައެވެ.
މި ފަހަކަށް އައިސް ފުލުހުން ދަނީ އެއްތަނެއްގައި ގިނަ ވަގުތު މުޒާހަރާގެ ބައިވެރިން މަޑުކޮށްގެން ތިބޭ ނަމަ އިންޒާރުދިނުމެއް ނެތި އެތަނަކުން މުޒާހަރާގެ ބައިވެރިން ދުރަށް ޖެއްސުމަށް މަސައްކަތްކުރަމުންނެވެ.