އަނިޔާވެރިކަމާ ދެކޮޅަށް ބާއްވާ ހިނގާލުން މިއަންނަ ހުކުރު ދުވަހު ހަވީރު އޮންނާނެ

DSC_0335

އަނިޔާވެރިކަމާ ދެކޮޅު ހަރަކާތުން އިންތިޒާމްކޮށްގެން ބާއްވާ ހިނގާލުމެއް މިއަންނަ ހުކުރު ދުވަހު އޮންނާނެއެވެ.
ހުކުރު ދުވަހު ހަވީރު 4.30 ގައި އުސްފަސްގަނޑުން ފަށާ މި ހިނގާލުމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ އިތުރުން މި ޙަރަކާތުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ އެހެން ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މާލޭގެ ބޮޑެތި މަގުތަކުގައި މި ހިނގާލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، އަނިޔާވެރިކަމާ ދެކޮޅު ޙަރަކާތުން ބާއްވާ ޚާއްޞަ ޖަލްސާއެއް މާދަމާރޭ އާރޓިފިޝަލް ބީޗުގައި އޮންނާނެއެވެ.